ފެނަކަ އެމްޑީއަކަށް ރިޓަޔާޑް ނަޖާހު

މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު، މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕީސީބީއިން މިއަދު ބުނެފައިވަނީ ފެނަކަގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

މިމަގާމަށް ރިޓަޔާޑް ނަޖާހު އައްޔަނު ކުރައްވާފައިވަނީ ފެނަކަގެ އެމްޑީގެ މަގާމުން މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

މުއާޒް މަގާމުން އިސްތިއުފާ ދެއްވިއިރު މިފަހުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލްވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *