މައި ސަފުހާއަށް ދާން
ތޭވީސް.

މަސްދަޅުކޭސް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
މަސްދަޅުކޭސް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ
ފޮޓޯ: ތޭވީސް

މަސްދަޅުކޭސް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.

ސްޓެލްކޯގެ އެމްޑ ހުސައިން ފަހުމީ ވިދާޅުވީ، މަސްދަޅުކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމްކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާއި ގުޅިގެން ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ ޕޮލްކޯ ޓަވަރ (ސީބްލޮކް)ގައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

"މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން." ފަހުމީ ވިދާޅުވި އެވެ.

މާލެ ސަރަަހައްދުގައި މަސްދަޅު ދޫކުރަމުންދަނީ މިފްކޯ މައި އިމާރާތް، އެމްޓީސީސީ ސޯމިލް، ހެންވޭރު ދަނޑު، ގަލޮޅު ދަނޑު ސޯޝަލް ސެންޓަރު، ވިލިމާލެ، ވެމްކޯ ސައިޓް، ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް، ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް)، ހުޅުމާލެ ހިޔާ ޓަވަރު 10 އަދި ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލުންނެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް