ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(67 ހަފުތާ ކުރިން)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ، ރޭ ވީއައިއޭއަށް ފުރަންދިޔަ ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިފައިވާ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އެމީހާއަކީ ޓޫރިސްޓް ވިސާގައި އެތެރެވެފައިވާ މީހެއްކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 6 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.



