އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލައެއް
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)

އަންހެން ޓީޗަރަކު ފިރިހެން ދަރިވަރެއް ގްރޫމްކުރި މައްސަލައެއް ފެންމަތިވެ ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ދެކުނުގެ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު އެ ސްކޫލްގެ ގްރޭޑް 8 ގެ ފިރިހެން ދަރިވަރަކު ގްރޫމްކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖެނުއަރީ 21 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ މައުލޫމާތު ކަމާގުޅުންހުރި ފަރާތްތަކާ ހިއްސާކޮށް ތަހުގީގު ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސްކޮށް ފުލުހުން ތަހުގީގުކުރާ މައްސަލަތަކެއް ކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާގެ މައުލޫމާތު ސިއްރު ކުރުމުގެ ގޮތުން ހާދިސާ ހިނގާ އަތޮޅާއި ރަަށް ފުލުހުން ހާމައެއް ނުކުރެ އެވެ.



