މައި ސަފުހާއަށް ދާން
ތޭވީސް.

އެމްޓީސީސީގެ ސީއޯއޯ އަކަށް ސިނާން

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
އެމްޓީސީސީގެ ސީއޯއޯ އަކަށް ސިނާން
ފޮޓޯ: ތޭވީސް

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސާ(ސީއޯއޯ) އަކަށް ސިނާން އަލީ ހަމަޖައްސައިފި އެވެ.

އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާން އައްޔަނު ކޮށްފައިވަނީ މިދިޔަ ހަފުތާގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ސިނާން މީގެކުރިން ހުންނެވީ އެމްޓީސީސީގެ ބޯޑުގަ އެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ސިނާން އަކީ މީގެ ކުރިން ސަރުކާރުގެ އެކި ކުންފުނިތަކުގެ ބޯޑުގައިގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސްޓެލްކޯގެ ޗެއާމަނަކަމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމާއި އެމްޓީސީސީގެ ބޯޑު މެންބަރުކަން އެކިފަހަރުމަތިން ފުރުއްވާފައިވެ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް