މައި ސަފުހާއަށް ދާން
ތޭވީސް.

ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(67 ހަފުތާ ކުރިން)
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ފޮޓޯ: ތޭވީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެެއްވި ދަތުރުފުޅު ނިންމަވާލެއްވުނަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބްއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއޒު މާލެ ވަޑައިގެންފައިވަނީ މިއަދު އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވާފައިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތް ކުރައްވާ، އެ ޔުނިވަރސިޓީގެ އިސްވެރިންނާއި، ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލީސް މެންބަރާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ލޯރޑް މޭޔަރ އޮފް ލީޑްސްއާއި، ވެސްޓް ޔޯކްޝަޔާގެ މޭޔަރާވެސް ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ. ރައީސް މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ނަމްބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭގެ ތަނެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް