މައި ސަފުހާއަށް ދާން
ތޭވީސް.

ސުޕްރީމް ކޯޓުގައި ”މަރުތަޅުއެޅުވިފައި“ އޮތްކަމަށްބުނެ ހުށަހެޅު ކުއްލި މައްސަލަ ބޭރު ކޮށްލައިފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(72 ހަފުތާ ކުރިން)
ސުޕްރީމް ކޯޓުގައި ”މަރުތަޅުއެޅުވިފައި“ އޮތްކަމަށްބުނެ ހުށަހެޅު ކުއްލި މައްސަލަ ބޭރު ކޮށްލައިފި
ފޮޓޯ: ތޭވީސް

ސުޕްރީމް ކޯޓުގައި ”މަރުތަޅުއެޅުވިފައި“ އޮތްކަމަށްބުނެ ހުށަހެޅު ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށް 11 މެންބަރުން ވޯޓުދިންއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 46 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

ޝަމްހީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި ”މަރުތަޅުއެޅުވިފައި“ އޮތުމުން ރާއްޖޭގައި ދުސްތޫރީ ހުސްކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރިކުރުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ކޯޓަށް ނުފޫޒު ފޯރުވުމަށް އެކި ކަންކަން ކުރަމުންދާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ޤާނޫނު ބަދަލުކުރުމަށް ފާސްކޮށްފައިވާ ކަމަށާއި އަދި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނިކޮށް 3 ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި. މިފަދަ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ވުޖޫދުގައިނެތް ސުލޫކީ މައްސަލަތަކެއް އުފައްދައި، ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް