މައި ސަފުހާއަށް ދާން
ތޭވީސް.

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
ފޮޓޯ: ތޭވީސް

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު މާލޭގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަޙްމަދު ނާޠިމް (19އ) ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މީނާ ހައްޔަރު ކޮށްފައިވަނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށާއި މި މައްސަލަ ފުލުހުން  ތަހުގީގުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް