މައި ސަފުހާއަށް ދާން
ތޭވީސް.

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(67 ހަފުތާ ކުރިން)
ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި
ފޮޓޯ: ތޭވީސް

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ފަރުވާންދެމުންދާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެމީހާއަކީ އުމުރުން 34 އަހަރުގެ މީހެއް ކަމަށާއި އެމީހާއަށް ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. މި މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެކެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކަމާބެހޭ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަން އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް