މައި ސަފުހާއަށް ދާން
ތޭވީސް.

ސްޓެލްކޯ އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާތަކެއް

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
ސްޓެލްކޯ އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާތަކެއް
ފޮޓޯ: ތޭވީސް

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާތަކެއް އަމާޒުވެ ދިމާވި މައްސަލަ ހައްލު ކޮށްފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑީޑޮސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ.

މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ރޯދަމަހާ ދިމާކޮށް މަސްދަޅުކޭސް ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ދިގު ކިއުތައް ހެދިއިރު، މިކަމުގައި އިތުރަށް އިންތިޒާމުތައް ރަނގަޅުކުރުމުގެ ގޮތުން މިހާރުވަނީ މަސްދަޅުކޭސް ހޯދަން ޓޯކެން ހޯދުމަށް ހާއްސަ ޕޯޓަލެއް ގާއިމުކޮށްފައެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް