މައި ސަފުހާއަށް ދާން
ތޭވީސް.

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ފޮޓޯ: ތޭވީސް

އައްޑޫސިޓީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު އައްޑޫސިޓީ ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ގ. ނައިޓްޑްރީމް / ކ. މާލެ ލީވާން އަބްދުއްސައްތާރް (24އ) އެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި މަރަދޫއިން ހިތަދޫ ކޮޅަށް ދުއްވާފައިގޮސް ބްރިޖް ބެންޑް ހިސާބުން ސައިކަލު ކޮންޓްރޯލްނުވެ ގޮސް ބްރިޖްގެ ފެންސުގައި ޖެހިގެން ކަމަށެވެ. ފުލުހުން ވިދާޅުވީ އެ އިދާރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް