މައި ސަފުހާއަށް ދާން
ތޭވީސް.

ރޯދަމަހަށްފަހު ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ފަށަނީ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(72 ހަފުތާ ކުރިން)
ރޯދަމަހަށްފަހު ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ފަށަނީ
ފޮޓޯ: ތޭވީސް

ރޯދަ މަސް ނިމުމުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާނެކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، ވިދާޅުވީ ސްމާޓު މީޓަރު ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުތައް ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަމަށެވެ.

ސްމާޓް މީޓާރު ހަރުކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ސްޓެލްކޯއިން ވަމުންދާކަން ފާހަގަކޮށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ، މިމަހުގެ ތެރޭގައި އެކަމަށް ބޭނުންވާ ސްމާޓު މީޓަރު ޝިޕްމަންޓް ލިބޭނެ ކަމަށެވެ. އަދި ރޯދަ މަސް ނިމުމުން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ފުރަތަމަ ސްމާޓު މީޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ކަމަށާއި، ސްމާޓު މީޓަރު ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް