މައި ސަފުހާއަށް ދާން
ތޭވީސް.

މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(67 ހަފުތާ ކުރިން)
މަޖިލީހުގެ ރައީސް އުޒްބަކިސްތާނަށް
ފޮޓޯ: ތޭވީސް

އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުޒްބަކިސްތާނަށް ވަޑައިގެންފި އެވެ.

އުޒްބަކިސްތާނުގައި ކުރިއަށްދާ އައިޕީޔޫގެ 150 ވަނަ އެސެމްބްލީ ކުރިއަށްދަނީ މިމަހުގެ 5 އިން 9 އަކަށެވެ.

މިދަތުރުފުޅުގައި މަޖިލިސް ރައީސްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވއވަޑައިގަންނަވަ އެވެ. އެގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް،  މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ބައިވެރިވެވަޑައިގަންނަވަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް