މައި ސަފުހާއަށް ދާން
ތޭވީސް.

ސްޓެލްކޯގެ ބެކަޕް ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން ހަމަޖެހިއްޖެ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
ސްޓެލްކޯގެ ބެކަޕް ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން ހަމަޖެހިއްޖެ
ފޮޓޯ: ތޭވީސް

ސްޓެލްކޯގެ ސެކިއުރިޓީ ބެކަޕް ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން ހަމަޖެއްސުމުން އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، މި އަހަރުގެ ޕީކް ހޭންޑްލިންއަށާއި ގްރޭޓާ މާލޭގެ ޕަވާ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގެނެސްފައިވާ ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން ހަމަޖެހުމާއެކު، އެ ޖަނަރޭޓަރުތައް ބެހެއްޓުމަށްޓަކައި، ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އަދި މި މަސައްކަތް ކުރެވެމުންދާ ގޮތް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި ކުންފުނީގެ ބައެއް އިސްވެރިން އިއްޔެ ބައްލަވާލައްވާފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.

ބެކަޕް ޖަނަރޭޓަރު ސެޓްތައް ބެހެއްޓުމަށް ބިން ހަމަޖައްސާފައިވަނީ ހުޅުމާލެ ފޭސް1 އިންނެވެ. މި ބިން ސްޓެލްކޯއަށް ހަމަޖައްސައިދިނީ އެޗްޑީސީންނެވެ.

މާލެ ސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށްއޮތް ރޯދަމަހަށް ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެގޮތް ހެދުމަށްވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް