މައި ސަފުހާއަށް ދާން
ތޭވީސް.

ވައިގެމަގުން އެތެރެކުރަން އުޅުނު ވޭޕްކުރާ ސާމާނުތަކެއް އަތުލައިގެންފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(70 ހަފުތާ ކުރިން)
ވައިގެމަގުން އެތެރެކުރަން އުޅުނު ވޭޕްކުރާ ސާމާނުތަކެއް އަތުލައިގެންފި
ފޮޓޯ: ތޭވީސް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ތަކެއް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ، ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި މީހުންގެ އަތުން އަތުލައިގަނެފައިވަނީ 1714 ނެނޯސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބާން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވާ ލިކުއިޑް އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް