ޝައްމާން ހައްޔަރު ކޮށްފި
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(69 ހަފުތާ ކުރިން)

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރި މުހައްމަދު ޝައްމާން ވަހީދު ހައްޔަރުކޮށްފި އެވެ.
ޝައްމާން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ޝައްމާން މަގާމުން ވަކިކޮށްފައިވަނީ، ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ރިޝްވަތު ނަގާކަމަށް ތުހުމަތު ކުރާ މައްސަލައެއް ފުލުހުން ބަލަންފެށުމަށްފަހު އެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ، ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންގެތެރެއިން ބަންދުކޮށްފައިހުރި ބިދޭސީއެއް ޝައްމާންގެ އަމުރަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީމީހާގެ އަތުން އަތުލި 530،000 ރުފިޔާ ޝައްމާންގެ ގެޔަށް ވައްދާފައިވާ ކަމަށެވެ.
ޝައްމާން މަގާމުން ވަކިކުރުމަށްފަހު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނު ކޮށްފައިވަނީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އެވެ.



