މައި ސަފުހާއަށް ދާން
ތޭވީސް.

މާލޭ މަގުމަތިން 200 އަށްވުރެ ގިނަ ވެހިކަލް ޓޯ ކޮށްފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
މާލޭ މަގުމަތިން 200 އަށްވުރެ ގިނަ ވެހިކަލް ޓޯ ކޮށްފި
ފޮޓޯ: ތޭވީސް

ބޭނުންނުކޮށް ގިނަ ދުވަސްވަންދެން މާލޭ މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް ކުރި މަސައްކަތުން 200 އަށްވުރެ ގިނަ ވެހިކަލް މާލޭ މަގުމަތިން ނަގައިފި އވެެ.

މާލޭ މަގުމަތީގައި ގިނަ ދުވަސްތަކެއްވަންދެން ބަހައްޓާފައިހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކޮށްފައިވަނީ އިއްޔެ އެވެ.

އެގޮތުން ފުލުހުން ވަނީ 235 އުޅަނދެއް ޓޯ ކޮށްފަ އެވެ. މީގެތެރޭގައި 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލެއް ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ އުޅަނދުތައް އަދި މަގުތައް ބޭނުންކުރުމަށް ދަތިވާގޮތަށް ބަހައްޓާފައިހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ދޭތެރެދޭތެރެއިން ކުރެ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް