ބިދޭސީން އަތުން ފައިސާނެގި އިމިގްރޭޝަން އޮފިސަރުންތަކެއް ހައްޔަރުކޮށްފި
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(69 ހަފުތާ ކުރިން)

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މި މައްސަލައިގައި މާޗް 20 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނެފައުވަނީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ވަަރަކުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.



