މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(70 ހަފުތާ ކުރިން)

މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާ ދެއްވި އަހުމަދު ނަރީޝް، މިނިސްޓަރުންގެ ފެންވަރުގައި ޔޫތް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި އެވެ.
ޔޫތް މިނިސްޓްރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ އެޑްވައިޒަރުގެ މަގާމަށް ނަރީޝް އައްޔަނު ކުރައްވާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ.
މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް އެ މަގާމަށް އައްޔަނު ކުރުމުން މިނިސްޓަރަކަށް ލިބޭ މުސާރައާއި އިނާޔަތްތައް ނަރީޝަށްވެސް ލިބޭނެ އެވެ.
ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ބަދަލު ކުރުމަށް ނިންމާފައިވާކަމުގެ އަޑުއެތަކެއް ފެތުރުނެވެ.



