މައި ސަފުހާއަށް ދާން
ތޭވީސް.

"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ނިންމާލައިފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(62 ހަފުތާ ކުރިން)
"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ނިންމާލައިފި
ފޮޓޯ: ތޭވީސް

"ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ނިންމާލައިފި އެވެ.

ކަރަންޓަށް ހޭލުންތެރިކުރުވުމަށާއި، ކަނބަލުންގެ މެދުގައި ކަރަންޓުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "ބިގިނަރސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން" ގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ.

މިއީ 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މި ބެޗްގައި 16 ކަނބަލަކު ތަމްރީނުކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދީފައިވެ އެވެ. މިކުންފުނިން ހުޅުވާލި ފުރުސަތުގައި ޖުމްލަ 350 ފަރާތަކުން މި ކޯހަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މީގެ އިތުރު ކޯސްތަކެއްވެސް ކުރިއަށް އޮތްތަނުގައި ބާއްވާނެ ކަމަށެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް