މެޒޯ މުހައްމަދު ނިޔާވެއްޖެ
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(75 ހަފުތާ ކުރިން)

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ނިޔާވެއްޖެ އެވެ.
މެޒޯ މުހައްމަދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ނިޔާވިއިރު އޭނާގެ އުމުރަކީ 59 އަހަރެވެ.
މެޒޯ މޯޑު ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތާމަފާޅުކޮށް އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.
މިއުޒިކްގެ ދާއިރާއިން އޭނާ ހޯދާފައިވާ ކާމިޔާބީއާ ގުޅިގެން 2010 ވަނަ އަހަރު ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.



