މައި ސަފުހާއަށް ދާން
ތޭވީސް.

އީދު ލައިޓު ގަންނަން 28 މިލިއަން ހަރަދު ކުރަނީ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
އީދު ލައިޓު ގަންނަން 28 މިލިއަން ހަރަދު ކުރަނީ
ފޮޓޯ: ތޭވީސް

ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ލައިޓް ޖެހުމަށްޓަކައި 28 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބުނު 36 ރަށަކަށް ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ލައިޓް ގަތުމަށް 28 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަން މިނިސްޓަރު އާދަމް ޝަރީފް ހާމަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ލައިޓްތަކަކީ ހަމައެކަނި އީދުގެ ތިން ދުވަހަށް ބޭނުންކުރާ އެއްޗެހިތަކެއް ނޫން ކަމަށާއި ބައެއް ރަށްތަކުން ޖުލައި 26 އާއި ޤައުމީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރަމަށްވެސް މި ލައިޓްތައް ބޭނުންކުރާ ކަމަށެވެ.

ރައްޔިތުންގެ ހިތްހަމަޖެހުމަށް ކުރާ މިހޭދައަކީ އޭގެ ޒާތުގައި ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް