މައި ސަފުހާއަށް ދާން
ތޭވީސް.

ސަބްސްޓޭޝަނަށް ދިމާވި މައްސަލަ ޙައްލުކޮށް ގަލޮޅަށް ކަރަންޓު ދީފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(60 ހަފުތާ ކުރިން)
ސަބްސްޓޭޝަނަށް ދިމާވި މައްސަލަ ޙައްލުކޮށް ގަލޮޅަށް ކަރަންޓު ދީފި
ފޮޓޯ: ތޭވީސް

ސަބްސްޓޭޝަންއަކަށް ދިމާވި ކުއްލި މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ޙައްލުކޮށް އެ ހުރިހާ ސަރަޙައްދަކަށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަންއަކަށް ދިމާވި ކުއްލި މައްސަލައަކާއި ގުޅިގެން ކަރަންޓު ކެނޑުނީ ގަލޮޅުގެ ބައެއް ސަރަޙައްދުތަކުން ކަމަށެވެ. އަދި ކަރަންޓު ކެނޑުނުތާ ގިނައިރުތަކެއް ނުވެ، މައްސަލަ ދެނެގަނެ، މައްސަލަ ޙައްލުކޮށް، ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެކި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުނު ނަމަވެސް ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވާ ބުރަ ކުޑަކުރުމަށް ސްޓެލްކޯގެ ހީވާގި އަދި ހުށިޔާރު ޓީމު އަބަދުވެސް ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް