މައި ސަފުހާއަށް ދާން
ތޭވީސް.

ރައީސް މުއިއްޒު މަޖިލިސް ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައިފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(74 ހަފުތާ ކުރިން)
ރައީސް މުއިއްޒު މަޖިލިސް ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައިފި
ފޮޓޯ: ތޭވީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

ދެ ބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައީސުލްޖުހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދް މިއަދު ވިދާޅުވީ، މަޖިލިސް ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުއާވެސް ރައީސް މުއިއްޒު މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ހީނާ ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށް ހީނާ މައުލޫމާތު ދެއްވި އެވެ.

ރައީސް މުއިއްޒު އަދި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގުޅުން ގޯސްކަން ހާމަކުރެއްވީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާޙިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި ހިސާބުންނެވެ. އެ މައްސަލައިގައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ ދުޅުން ރަނގަޅުނަމަ އެފަދައިން އަމަލު ނުކުރެއްވީސްކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން ޕީއެންސީގެ ހަރަކާތްތަކުންވެސް އަބްދުއްރަހީމް ކޮންމެވެސް ވަރަކަށް ނުފެނި ހުރުމަށްފަހު ވަރަށް ފަހުން ޕާޓީގެ މައި ހަރުގެއަށް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް އެދުވަހުވެސް މީޑިއާއަށް މައުލޫމާތެއް ނުދެއްވަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް