މައި ސަފުހާއަށް ދާން
ތޭވީސް.

ރ. އަތޮޅު ކައުންސިލަށް ސިހުރުހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(73 ހަފުތާ ކުރިން)
ރ. އަތޮޅު ކައުންސިލަށް ސިހުރުހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި
ފޮޓޯ: ތޭވީސް

ރ. އަތޮޅު ކައުންސިލަށް ސިހުރުހެދި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ރ. އަތޮޅު ކައުންސިލް އިދާރާއަށް ސިހުރުހާހޫރައާއި ފަންޑިތަ ހަދާކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ 21 ވަނަ ދުވަހު 2 ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

މުހައްމަދު އަމްޖަދު (61އ) ރިވެލި / ރ. އުނގޫފާރު

މުހައްމަދު ވަހީދު (67އ) ނަސީމީހިޔާ / ރ. އުނގޫފާރު

ފުލުހުން ބުނެފައިވަނީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި ފަހުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުން ވަނީ ސިހުރުގެ މައްސަލައިގައި އެކި އޮޕަރޭޝަންތައް ހިންގާފަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް