މައި ސަފުހާއަށް ދާން
ތޭވީސް.

ޝައްމާން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލާއަކަށް ކުރީގެ ސީޕީ ފަސީހު

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(69 ހަފުތާ ކުރިން)
ޝައްމާން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލާއަކަށް ކުރީގެ ސީޕީ ފަސީހު
ފޮޓޯ: ތޭވީސް

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން މުހައްމަދު ޝައްމާން ވަހީދު ވަކިކޮށްފި އެވެ.

ޝައްމާން މަގާމުން ވަކިކޮށްފައިވަނީ، ބިދޭސީންގެ މައްސަލައިގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ރިޝްވަތު ނަގާކަމަށް ތުހުމަތު ކުރާ މައްސަލައެއް ފުލުހުން ބަލަންފެށުމަށްފަހު އެވެ.

ޝައްމާން މަގާމުން ވަކިކުރުމަށްފަހު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނު ކޮށްފައިވަނީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އެވެ.

ފަސީހު ޕޮލިސް ކޮމިޝަނާކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ތޭވީސް އަހަރުގެ ހިދުމަތަށްފަހު ފަސީހް މަގާމުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.

ޝައްމާން މަގާމުން ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބޭގޮތުގައި، ފުލުހުން ވަނި ކޯޓު އަމުރެއްގެ ދަށުން ޝައްމާން ދިރިއުޅުއްވާ ގެވެސް ބަލާ ފާސްކޮށްފަ އެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް