ބޮޑުފޮޅުދޫ އާ އިންޖީނުުގޭގެ ބިންގާ އަޅައިފި
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(62 ހަފުތާ ކުރިން)

އއ. ބޮޑުފޮޅުދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ.
ބޮޑުފުލަދޫ ސްކޫލާއި އިންވެގެން މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ހުރުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކަކާއި އެރަށުގެ ރައްޔިތުން ކުރިމަތިލަމުންދެ އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އުންމީދަކީ ވީހާވެސް އަވަހަކަށް އިންޖީނުގެ ރިލޮކޭޓްކޮށް އެކަމުގެ ފަސޭހަތަށް ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ލިބިގެންދިއުން ކަމަށެވެ.



