މައި ސަފުހާއަށް ދާން
ތޭވީސް.

މި ފެންނަނީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ހިންގާ ވެރިކަމެއް: ފަހުމީ

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(59 ހަފުތާ ކުރިން)
މި ފެންނަނީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ހިންގާ ވެރިކަމެއް: ފަހުމީ
ފޮޓޯ: ތޭވީސް

ރައްޔިތުންނަށް ފެނި ކަށަވަރު ވަމުން މިދަނީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ މަންޒަރުތައް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ ސްޓެލްކޯ އަދި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރަޙައްދުތަކުގައި، ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް އަންނަ މަހުގެ 1 އިން ފެށިގެން ދަށްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ނުކެރިވާ ކަމެއް ކަމަށާއި، ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި މި ނިންމެވުން ނިންމަވާފައިވާތީ ރައީސަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ،

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް