ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(70 ހަފުތާ ކުރިން)
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މިއަދު ކަމަށެވެ
އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތީގެ ވަގުތީ ބަރުދަނުގައި 1097 ގުރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 877,600.00 ރުފިޔާއަށް އަރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަމެއް ސާފެއްނުވެ އެވެ.



