މައި ސަފުހާއަށް ދާން
ތޭވީސް.

ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ، ގެއަށް ގެއްލުންދިން 4 މީހަކު ހައްޔަރު ކޮށްފި

 ތޭވީސް އެޑިޓޯރިއަލްނޫސްވެރިޔާ(71 ހަފުތާ ކުރިން)
ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ، ގެއަށް ގެއްލުންދިން 4 މީހަކު ހައްޔަރު ކޮށްފި
ފޮޓޯ: ތޭވީސް

ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ، ގެއަށް ގެއްލުންދިން 4 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކާ އިންޒާރުދީފައިވާ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ރޭ 12:45 ހާއިރު 4 މީހަކު ވަދެ އެ ގެޔަށް ގެއްލުންދީފައިވާ މައްސަލައަކާ ގުޅިގެން އެ މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:

މުހައްމަދު އަފްލާހް، 23، ރީތިހިޔާ/އއ. މާޅޮސް

އިބްރާހިމް އަހްނަފް، 21، އެލަސް/ނ. ވެލިދޫ

މުހައްމަދު އަޒާން، 23، ހަވޭލި/ނ. މަނަދޫ

އަލީ ނަވާފު، 21، ފަޒާ/ތ. ގުރައިދޫ

ފުލުހުން ބުނެފައިވަނީ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިއަދު އެ ހަތަރު މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާކަމަށެވެ.

ލިޔުނީ:  ތޭވީސް އެޑިޓޯރިއަލް

ހަބަރު

ގުޅުންހުރި ލިޔުންތައް

އިތުރަށް